ވެރިކަން ކުރާ ޕާޓީ — ޕީއެންސީގެ ކޮންގްރެސް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ — ޕީއެންސީގެ ކޮންގްރެސް މިއަދު ފައްޓަވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޕީއެންސީގެ ކޮންގްރެސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައެވެ.
ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ މަތީ މަޖިލީހަށް 12 މަގާމަކަށް މެންބަރުން ހޮވާނެ އެވެ. މީގެތެރޭގައި އެ ޕާޓީގެ ނައިބް ރައީސުންގެ މަގާމަށް ހޮވާ ހަ ބޭފުޅުންވެސް ހިމެނެ އެވެ.
ޕީއެންސީގެ ކޮންގްރެސްގައި ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލްވާ ގޮތަށް ޖުމްލަ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ މަތީ ކޮންގްރެސް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަންޖެހެ އެވެ.




