ނިމިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 149،563 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒިޔާރަތްކުރި 132،795 ފަތުރުވެރިންނަށްވުރެ 12.6 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަދަދާއެކު ޖެނުއަރީ އިން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް 1،636،489 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،492،027 ފަތުރުވެރިންނަށްވުރެ 9.7 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 263,599 ފަތުރުވެރިން
ރަޝިއާ – 198,617 ފަތުުރުވެރިން
އިނގިރޭސިވިލާތް – 144,617 ފަތުުރުވެރިން
ޖަރުމަނު – 114,301 ފަތުުރުވެރިން
އިޓަލީ – 112,391 ފަތުުރުވެރިން
އިންޑިއާ – 94,553 ފަތުުރުވެރިން
އެމެރިކާ – 47,476 ފަތުުރުވެރިން
ފްރާންސް – 43,068 ފަތުުރުވެރިން
ސްޕެއިން – 39,298 ފަތުުރުވެރިން
އޮސްޓްރޭލިއާ – 30,873 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1،203،865 ފަތުރުވެރިން — 73.5 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 355,389 ފަތުރުވެރިން — 21.8 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 42,271 ފަތުރުވެރިން — 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 33,670 ފަތުރުވެރިން — 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ. އަދި އެހެނިހެން ތަންތަނުގައި 1،294 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 925 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




