މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބިން ހިއްކުމަށް ހާއްސަކޮށްގެން ކުންފުންޏެެއް އުފައްދައިފި އެވެ.
އެމްއޭސީއެލްގެ 100 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި ކުންފުނީގެ ނަމަކީ "ޕެނިންސޫލާ އިންފްރާސްޓްރަކްޗާ" އެވެ.
އެމްއޭސީއެލްގެ އާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެވެސް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް އެވެ.
ޕެނިންސޫލާ އިންފްރާސްޓްރަކްޗާ އުފައްދާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.
އެމްއޭސީއެލް އިން ބިން ހިއްކުމަށް ހާއްސަ ކުންފުންޏެއް ހަދާފައި މިވަނީ ބައެއް ރަށްރަށުގައި ބިން ހިއްކައިގެން އެއާޕޯޓް އެޅުމަށް އެމްއޭސީއެލްއަށް ސަރުކާރުން ބައެއް މަޝްރޫއުތައް ހަވާލުކޮށްފައި ވަނިކޮށެވެ.
އެމްއޭސީއެލް އިން ބިން ހިއްކުމަށް ހާއްސަ ކުންފުންޏެއް ހެދިއިރު ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުނި — އެމްޓީސީސީ އިން ވެސް ގެންދަނީ ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




