ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ދުވަސްވީ ޓާމިނަލުން ދެމުންދިޔަ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

ހަނިމާދޫ އެއާޕޯޓް ހިންގާ ކުންފުނި — އެމްއޭސީއެލް އިން ބުނީ އާ ޓަމިނަލަށް ހިދުމަތްތައް ބަދަލުކޮށްފައިވާތީ އާ ޓާމިނަލްގެ ގްރައުންޑް ފުލޯގެ ހިދުމަތްތައް ފެށިފައިވާތީ އެ އެއާޕޯޓަށް ކޯޑް-ސީގެ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް މިހާރު ޖެއްސޭނެ ކަމަށެވެ.

އެކަމަކު ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލްއާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލަށް ހުރިހާ ހިދުމަތެއް ބަދަލުކޮށް ރަސްމީކޮށް އެ ތަނުން ހިދުމަތް ދޭން ފަށާނީ އަންނަ މަހު އެތަން ރަސްމީކޮށް ހުޅުވުމަށްފަހު އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީކުރަން ފެށީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *