ހުޅުމާލޭގެ މަގުތަކާއި ދުވާރުމަތިން ގޮނޑި މޭޒު ނަގަން އަންގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިދުމަތް ދިނުމަށް ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އެޗްޑީސީން އަންގައިފި އެވެ.

އެޗްޑީސީ އިން މިދިޔަ އަހަރުވެސް މިފަދަ އެންގުމެއް އަންގާފައިވެ އެވެ.

އެޗްޑީސީން މިއަދު އަނެއްކާވެސް ބުނީ މަގުތަކާއި ދުވާރުތަކާއި ގަސް ހެއްދުމަށް ހަދާފައިވާ ތަންތަނުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިތަކާއި ހިދުމަތް ދެމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން ހިނގާ މީހުންނާއި މަގު ބޭނުންކުރާ މީހުންނަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ދުވާރުމަތީގައި ބަހައްޓާފައިވާ މޭޒާއި ގޮނޑިފަދަ ތަކެތި ނެގުމަށް އެޗްޑީސީން ދީފައިވަނީ ހަފްތާއެއްގެ މުއްދަތެވެ.

އެޗްޑީސީން ދީފައިވާ މުއްދަތުގައި ތަކެތި ނުނަގައިފިނަމަ އެ ތަކެތި ނަގާނެ ކަމަށާއި ނަގާއިރު ލިބޭ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *