އެއާޕޯޓުން ފޭރުނު މީހުންގެ ވަނަވަރު އާންމުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ ފަތިހު ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ރޭޝަމް / ލ. މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ) އާއި އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ. ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފޭރުމުގައި ބޭނުންކުރި ލޯންޗުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުން ހުރި މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށްވެސް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *