މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށަނީ

ގައުމީ އެއާލައިން — މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށަން ތައްޔާރުވެއްޖެ އެވެ.

ބަންގްލަދޭޝަށް ދަތުރުތައް ފެށުމަށް އެ ގައުމުގައިި މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް އިން ވަނީ އިއުލާނުކޮށްފަ އެވެ.

އިއުލާނުގައިވާ ގޮތުން މޯލްޑިވިއަން އިން ބަންގްލަދޭޝަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތްދޭ ފަރާތުން ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކުމުގެ އިތުރުން ފަސިންޖަރުގެ ރިޒަވޭޝަން ހެއްދުމުގެ ހިދުމަތް ފޯރުކޮށްދޭން ޖެހެ އެވެ.

މީގެ އިތުރުން ސޭލްސް އެޖެންޓް އެންޑް ޕާޓްނާ މެނޭޖްމަންޓް ހިދުމަތްތަކާއި މާކެޓިންގް، ޕްރޮމޯޝަން އަދި ޕަބްލިކް ރިލޭޝަންސްގެ ދަށުން ދޭންޖެހޭ ހިދުމަތްތައް އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *