ސީ ޓު އެއާ މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި

ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިހާތަނަށް 3،000 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި އެވެ.

މި ހިދުމަތް ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މި ހިދުމަތް މެދުވެރިކޮށް 3،617 ޓަނުގެ ކާގޯ ވަނީ އުފުލާފަ އެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތާ 17 އެއާލައިނަކުން މިހާތަނަށް ގުޅިފައިވާއިރު ވައިގެ މަގުން 24 ގައުމަކަށް މިހާރު މުދާ ފޮނުވަ އެވެ.

މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ރާއްޖޭގައި ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމުގެ ގޮތުން ދޭ ހިދުމަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *