ދިރާގު އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ) IV އަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ޑިސެމްބަރު ތިން ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލު އެމްއެލްބީބީގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ.

އޮންލައިންކޮށް ކުރިއަށްދާ މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފަ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގް މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު މި އަހަރު ބާއްވައިފައެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިންގ ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *