އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހި ޖެހިގެން ހަ ވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.

ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ބަހްރެއިންގަ އެވެ.

މި ހަފުލާގައި ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ އިން ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދާފަ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ވިދިވިދިގެން ހަވަނަ އަހަރު ލިބުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔެ ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު ލިބޭނެ ކާމިޔާބީއެއް ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްގައި ރާއްޖެއިން ވަނީ ސަރަހައްދީ ތިން އެވޯޑެއްވެސް ކާމިޔާބުކޮށްފަ އެވެ.

ރާއްޖެއިން ކާމިޔާބުކުރި ސަރަހައްދީ އެވޯޑްތައް
އިންޑިއަން އޯޝަންސް ބެސްޓް މައިސް ޑެސްޓިނޭޝަން 2025: މޯލްޑިވްސް
އިންޑިއަން އޯޝަންސް ބެސްޓް އިންސެންޓިވް ޑެސްޓިނޭޝަން 2025: މާލެ
މީގެ އިތުރުން އިންޑިއަން އޯޝަންސް ބެސްޓް ޓޫރިޒަމް އޮތޯރިޓީ ވެބްސައިޓަކަށް ހޮވިފައިވަނީ ވިޒިޓް މޯލްޑިވްސް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *