އުރީދޫ ފަން ރަން މިއުޒިކް ޝޯ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި މިއުޒިކް ޝޯ އޮންނާނީ އެ ރޭ 8:00 އިން 11:59 އަށެވެ.
އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މި އަހަރުގެ މިއުޒިކް ޝޯގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑްތައް ހިމެނެ އެވެ.
އެ ގޮތުން މި ލައިންއަޕްގައި ރާއްޖޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު ފަން ރަންގެ ބައިވެރިންނަށާއި އާއިލާތަކަށާއި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ ފަން ރަންއަކީ ހަމައެކަނި ދުވުމެއް ނޫނެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. މި މިއުޒިކް ޝޯއަކީ އަބަދުވެސް ކްރައުޑްގެ ފޭވަރިޓްކަން ފާހަގަކޮށް އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުން ކަމަށެވެ.
އުރީދޫ ފަން ރަން މިއުޒިކް ޝޯއަކީ އާންމުންނަށް ހުޅުވާލެވިފައިވާ ޝޯއެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ސެންޓްރަލް ޕާކުގައި އުރީދޫ ފަން ރަންގެ ކުރީ ދުވަހުގެ ރޭ އެވެ.




