މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް އެތަން ހުޅުވައިފި އެވެ.
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީއިންނެވެ.
އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްއިން ބުނީ އަލަށް އިތުރުކުރި ސަރަހައްދާއެކު މާފަރު އެއާޕޯޓުގައި މިހާރު އެއްފަހަރާ 35 ފްލައިޓް ޕާކް ކުރެވޭނެ ކަމަށެވެ.
އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމުމަށް ފަހު މިއަދު ވަނީ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ އިތުރުކުރުމަށް ދެ ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އަޅާފަ އެވެ.
ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ތަރައްގީކުރާ މި އިމާރާތުގައި 12،000 އަކަފޫޓު ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.




