އާރްޑީސީގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހިދުމަތްތައް ރަނގަޅުކުރަން އާންމުންގެ ހިޔާލު ހޯދަން އޮންލައިން ފޯމެއް ތައާރަފުކޮށްފި އެވެ.

އާރްޑީސީން ބުނީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަނެ، ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.

މި ފޯމުން އާރްޑީސީން ހިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި ކުންފުންޏާ ދޭތެރޭ އިތުބާރު އޮތް މިންވަރާއި ކުންފުނީގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ.

މީގެ އިތުރުން ކުންފުނީގެ ކަސްޓަމާ ސާވިސްއާމެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލު ކޮށްދިނުމުގައި ކުންފުނީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި ހިދުމަތް ފޯރުކޮށްދިނުމުގައާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރުވެސް ރޭޓް ކުރެވޭނެ އެވެ.

އާރްޑީސީން އިން ވަނީ މި ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް އެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *