ފަތުރުވެރިންގެ އަދަދު 5.3 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.3 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 285،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 270،706 ފަތުރުވެރިންނަށްވުރެ 5.3 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 35,123 ފަތުރުވެރިން
ރަޝިއާ – 35,112 ފަތުރުވެރިން
އިޓަލީ – 28,676 ފަތުރުވެރިން
އިނގިރޭސިވިލާތް – 26,285 ފަތުރުވެރިން
ޖަރުމަނު – 17,390 ފަތުރުވެރިން
އިންޑިއާ – 10,665 ފަތުރުވެރިން
ފްރާންސް – 9,779 ފަތުރުވެރިން
އެމެރިކާ – 7,726 ފަތުރުވެރިން
ޕޮލެންޑް – 7,529 ފަތުރުވެރިން
އޮސްޓްރިއާ – 6,140 ފަތުރުވެރިން

ފަތުރުވެރިންގެ ތެރެއިން 281,591 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 945 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 941 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 779 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެ އިތުރުން މާމިގިލި އެއާޕޯޓުން 558 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 312 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 194,023 ފަތުރުވެރިން
ހޮޓެލްސް – 7,703 ފަތުރުވެރިން
ގެސްޓްހައުސް – 77,075 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 6,069 ފަތުރުވެރިން
އެހެނިހެން – 257 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 909 ގެސްޓްހައުސް އާއި 169 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 66،925 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *