އެމެރިކާއިން ސީރިއާއަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް

ސީރިއާގައި ހަރަކާތްތެރިވާ އައިއެސް ހަނގުރާމަ ވެރިންނަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާތަކެއް ދީފި އެވެ.

މިއީ އެމެރިކާގެ ދެ ސިފައިންނާއި ތަރުޖަމާނަކު މިދިޔަ އަހަރު މަރާލުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 3 އިން 12 އަށް ސީރިއާގައި ހުރި އައިއެސްގެ 30 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ.

ހަމަލާތައް އަމާޒުކުރީ ހަތިޔާރު ގުދަންތަކަށް ކަމަށްވެސް އެމެރިކާ އިން ބުންޏެވެ.

އައިއެސް އިން ދިން ހަމަލާއެއްގައި އެމެރިކާގެ ސާޖަންޓް އެޑްގާ ބްރިއަން އާއި ސާޖަންޓް ވިލިއަމް ނަތަނިއަލްގެ އިތުރުން އެމެރިކާގެ މަދަނީ ތަރުޖަމާނެއް ވަނީ މަރުވެފަ އެވެ.

އޭގެ ރައްދުގައި އެމެރިކާއިން ފެށި "އޮޕަރޭޝަން ހޯކްއައި" ގެ ދަށުން ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އައިއެސްގެ 50 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލައި ނުވަތަ ހައްޔަރުކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *