އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުން ދެކޭ ބެލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި އޮފިޝަލުންގެ ގޮތުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވާތީ އެވެ.
އިންތިހާބަށްފަހުގައިވެސް އިންތިހާބާ ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އާދިއްތަ އަދި ހޯމަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވުމަކީވެސް ދެ ދުވަސް ބަންދުކުރި ސަބަބެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.




