44 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 44 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 791،093 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މީގެ ތެރެއިން ރިސޯޓްތަކާއި ހޮޓާތައް އަދި ގެސްޓްހައުސްތަކުގައި 757،914 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ކ. އަތޮޅުގައި 337،558 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތަކުގެ ތަފާސްހިސާބު
ހއ. އަތޮޅު: 5،816 ފަތުރުވެރިން
ހދ. އަތޮޅު: 2،417 ފަތުރުވެރިން
ށ. އަތޮޅު: 6،170 ފަތުރުވެރިން
ނ. އަތޮޅު: 32،781 ފަތުރުވެރިން
ރ. އަތޮޅު: 58،989 ފަތުރުވެރިން
ބ. އަތޮޅު: 44،850 ފަތުރުވެރިން
ޅ. އަތޮޅު: 34،816 ފަތުރުވެރިން
ކ. އަތޮޅު: 337،558 ފަތުރުވެރިން
އއ. އަތޮޅު: 60،220 ފަތުރުވެރިން
އދ. އަތޮޅު: 69،824 ފަތުރުވެރިން
ވ. އަތޮޅު: 25،530 ފަތުރުވެރިން
މ. އަތޮޅު: 6،690 ފަތުރުވެރިން
ފ. އަތޮޅު: 2،284 ފަތުރުވެރިން
ދ. އަތޮޅު: 31،457 ފަތުރުވެރިން
ތ. އަތޮޅު: 1،484 ފަތުރުވެރިން
ލ. އަތޮޅު: 3،357 ފަތުރުވެރިން
ގއ. އަތޮޅު: 14،385 ފަތުރުވެރިން
ގދ. އަތޮޅު: 7،436 ފަތުރުވެރިން
ފުވައްމުލައް ސިޓީ: 4،055 ފަތުރުވެރިން
ސ. އަތޮޅު: 7،795 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 180 ރިސޯޓާއި 945 ގެސްޓްހައުސް އާއި 172 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،983 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *