ރެމިޓެންސްގެ ގޮތުގައި 167.6 މިލިއަން ޑޮލަރު [2.5 ބިލިއަން ރުފިޔާ] ފާއިތުވި 2025 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ 2024 ވަނަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުކުރި އަދަދަށްވުރެ އަށް ޕަސެންޓް އިތުރު އަދަދެކެވެ.
ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި ފައިސާގެ ތެރެއިން 94 ޕަސެންޓަކީ ބިދޭސީން ބޭރުކުރި ފައިސާ އެވެ. ބާކީ ހަ ޕަސެންޓަކީ ދިވެހިން ބޭރުކުރި ފައިސާ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބޭރަށް ދިވެހިން ފައިސާ ފޮނުވި އަދަދު ވަނީ 2024 ވަނަ އަހަރަށްވުރެ ފާއިތުވި 2025 ވަނަ އަހަރު 11 ޕަސެންޓް އިތުރުވެފަ އެވެ.




