ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މެރުމަށް އެ ގައުމުގެ ވެރިރަށް ދިމިސްގުގައި ހުންނަ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބައްޝާރުލް އަސަދުގެ މައްޗަށް ސާބިތުވީ ސީރިއާގެ ދެކުނުގެ އަވަށެއް ކަމަށްވާ ދަރްއާގައި ބަޔަކު މަރާލުމުގެ ކުށެވެ.
ކޯޓުން ވަނީ ބައްޝާރުލް އަސަދުގެ އިތުރުން އޭނާގެ ވެރިކަމުގައި ދަރްއާގެ ޕޮލިޓިކަލް ސެކިއުރިޓީގެ ވެރިޔަކަށް ހުރި އާތިފް ނަޖީބު މެރުމަށްވެސް ހުކުމްކޮށްފަ އެވެ. އާތިފްގެ މައްޗަށް ވަނީ މީހުން މެރުމާއި ލާއިންސާނީ އަނިޔާކުރުމުގެ ކުށްވެސް ސާބިތުވެފަ އެވެ.
ސީރިއާގައި 24 އަހަރު ވެރިކަން ކުރެއްވި ބައްޝާރުލްއަސަދުގެ ވެރިކަން ނިމިގެންދިއުމާއެކު ފިއްލަވައިގެން އާއިލާއާ އެކު އަސަދު ރަޝިއާއަށް ވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ސީރިއާގެ ސަރުކާރުން ވަނީ ބައްޝާރުލްއަސަދު އެ ގައުމާ ހަވާލުކޮށް އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ރަޝިއާ ސަރުކާރުގައި އެދިފަ އެވެ. ނަމަވެސް ސީރިއާ ސަރުކާރުގެ ހުށަހެޅުމަށް ރަޝިއާ ސަރުކާރުން ވަކި އެއްޗެއް އަންގާފައެއް ނުވެ އެވެ.




