ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނިކޮށްފި އެވެ.
ރޮނާލްޑޯ ވަނީ އޭނާ ކައިވެނިކޮށްފައިވާ ކަމަށް ސޯޝަލްމީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.
ޕޯޗުގަލްއަށް އުފަން އުމުރުން 41 އަހަރުގެ ރޮނާލްޑޯ ކައިވެނި ކުރީ އޭނާގެ އުފަން ރަށުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސްޕެއިން އާއި އާޖެންޓީނާގެ ރަށްވެހިކަން އޮންނަ އުމުރުން 32 އަހަރުގެ ޖޯޖީނާ ރޮޑްރިގޭޒްއާއި ރޮނާލްޑޯ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. މި ދެ މީހުން އެންގޭޖުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ރޮނާލްޑޯ އާއި ޖޯޖިނާއަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އަދި ރޮނާލްޑްގެ އިތުރު ތިން ކުދިންނާ އެކު ޖުމްލަ ފަސް ދަރިން ރޮނާލްޑޯގެ ތިބެ އެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ މުއްސަނދި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ މިވަގުތު ކުޅެނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށެވެ.




