ޓޫރިޒަމް ބިމު ކުލީގެ އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މި އަހަރު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފަ އެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 68 މިލިއަން ޑޮލަރެވެ.

މީރާއަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 22.7 ބިލިއަން ރުފިޔާ ލިބުނުއިރު 5.2 ޕަސެންޓަކީ ޓޫރިޒަމް ބިމު ކުލިން ލިބުނު އާމްދަނީ އެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބިނާ ވަނީ އެ ރަށެއްގެ ނުވަތަ ޓޫރިސްޓް ހިދުމަތްދޭ ތަންތަން ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ބޮޑުމިނަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *