ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް 1.07 ބިލިއަން ޑޮލަރު ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު 987 މިލިއަން ޑޮލަރަށްވުރެ 87 މިލިއަން ޑޮލަަރު އިތުރު އަދަދެކެވެ.
ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 519.6 މިލިއަން ޑޮލަރު ލިބުނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 133.3 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 78.7 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 87.4 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 88.3 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 101 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.




