ކެންޔާއާ އިތުރަށް ގުޅުން ބަދަހިކުރަން ސޮއިކޮށްފި

ރާއްޖެ އާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުން އިއްޔެގެ ވަގުތެއްގައި ސޮއިކުރީ އދގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެމެރިކާގެ ނިއު ޔޯކުގައެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ކެންޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޮރިން އެންޑް ޑަޔަސްޕޯރާ އެފެއާސް ޑރ. މުސާލިއާ މުޑަވަޑީ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބާއްވައ، ދެ ގައުމަށްވެސް އެންމެ ބޭނުންވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެއިން ކެންޔާއާއެކު ސިޔާސީ ގުޅުން ގާއިމުރީ އޮކްޓޯބަރު 23، 1995 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *