ވެއްޓުނު މަންޖެ އާއިއެކު އުޅުނު ޒުވާނާގެ ޕާސްޕޯޓް ހިފަހައްޓައިފި

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާއާއި އެކު އެރޭ ހުރި ފިރިހެން މީހާގެ ޕާސްޕޯތް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ އެ ހާދިސާއާއި ގުޅިގެން މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިރޭ ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު ސީރއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ފުލުހުން ރޭ ނޫސްވެރިންނާއި ބައްދަލުކުރީ އާއްމުކޮށް ހުޅުވާ ނުލާއެވެ. އަދި އެތަނަށް ދިޔަ ނޫސްވެރިންނަށްވެސް މަންޒަރާއި އަޑު ރިކޯޑްކުރުން އޮތީ މަނާކޮށްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ވެއްޓުނު އަންހެން ކުއްޖާއާއި އެކު 21 އަހަރުގެ ފިރިހެނެެއް އުޅުނުކަމަށެވެ. އަދި އޭނާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށާއި އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ވެއްޓުނު އަންހެން ކުއްޖާއާއި އެކު ހުރި ޒުވާނަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *