ކުރު ރާސްތާ މިސައިލާއި، މިސައިލް ލޯންޗަރ ގަތުމަށް އިންޑިއާގެ އެއްގަމު ސިފައިން އިއުލާންކޮށްފިއެވެ.
އިންޑިއާ އާމީއިން ހޯދަން އިއުލާންކުރީ ކޮނޑުމަތީގައި ބަހައްޓައިގެން އުދުއްސާލެވޭ ވަރަށް ކުރު ރާސްތާގެ އެއަރ ޑިފެންސް ސިސްޓަމެވެ. މިއީ ދުޝްމަނުންގެ އެއަރކްރާފްޓްތަކާއި، ހެލިކޮޕްޓަރ އަދި ޑްރޯންތަކަށް ހަމަލާދިނުމުގެ ޤާބިލްކަން ލިބިގެންވާ ސިސްޓަމެކެވެ. އިންޑިއާ އަސްކަރިއްޔާއިން ބޭނުންވަނީ އިންޑިއާގެ އަމިއްލަ އުފެއްދުންތައް ގަތުމަށެވެ.
މި ބިޑްގައިވާ ގޮތުން އިންޑިއާއިން ގަތުމަށް އިއުލާންކޮށްފައިވަނީ 85 މިސައިލާއި، 48 ލޯންޗަރެވެ.
އިންޑިއާ އަސްކަރިއްޔާއިން އާ ހަތިޔާރު ހޯދަން އިއުލާންކޮށްފައިވަނީ އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސަރަހައްދީ އިމުގައި ދެގައުމުގެ މެދުގައި ހަމަލާ ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.




