ނަޑެއްލާ އިން މީހަކު ގެއްލިގެން ހޯދަނީ

ގދ. ނަޑައްލާއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުންދަނީ ހދ. ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހިމް (34 އ) އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރުފަހު 2:00 ހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އާދަމް އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 10:25 ހާއިރު ކަަމަށެވެ.

އާދަމްގެ މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށާއި މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާދަމް އިބްރާހީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *