ދިވެހި ކޮންމެ ހައްޖުވެރިއަކަށް 1،750 ޑޮލަރު ހަމަޖައްސަން ރައީސް ޑރ. މުއިއްޒު އަންގަވައިފި

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށްދާ ކޮންމެ ދިވެއްސަކަށް 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަދު އަންގަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރު ހައްޖަށްދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓްގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް މިހާރު އޮންނަ ޑޮލަރު ލިމިޓްގެ އިތުރުން 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *