ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ގ. ސިލްވަރުގެއާގެ، އާއިޝަތު އަސްނާ ހަމްދީ މިއަދު އައްޔަންކުރައްވައިފި އެވެ.
ADS BY OOREDOO
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަންކުރައްވާފައި އޭނާ އެ މަގާމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާ ގުޅިގެންނެވެ.
އެމްއެމްއޭގެ ތަފާތު މަގާމުތަކުގައި 17 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިން ޑިރެކްޓާ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމަންޓްގެ މަގާމުގައެވެ.
އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވަސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަޒް ޑިގްރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން 2007 ވަނަ އަހަރު ޔުނިވަސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާސިލުކުރައްވާފައިވެ އެވެ.
އަސްނާ ވަނީ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ ބައެއް އެވޯޑްތައްވެސް ހާސިލްކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިއުކުރައްވާފަ އެވެ.




