ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ

ގދ. ނަޑެއްލާއަށް ދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅު ރަށަކުން އެމީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް (34 އ) އެވެ.

އާދަމް ގެއްލިގެން ހޯދަން ފެށީ އިއްޔެ މެންދުރު 2:00 ހާއިރު އެ ރަށު ބަނދަރަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން ނަޑެއްލާއަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެންނެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:45 ހާއިރު އާދަމް ފެނިފައިވާ ކަމަށާއި ހާލުވެސް ރަނގަޅު ކަމަށެވެ.

އާދަމް ފެނިފައިވަނީ ނަޑެއްލާ ކައިރި އޮންނަ ފަޅު ރަށަކުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އާދަމް ފަޅު ރަށަށް ދިޔައީ ކޮން ބޭނުމެއް އަދި ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *