ހައްޖު މިޝަންގެ މެންބަރުން ސައުދީ އަރަބިއްޔާއަށް ގޮސްފި އެވެ.
ދިވެހި ހައްޖުވެރިންނާ ގުޅޭ ކަންކަން ކުރުމަށް ސައުދި އަރަބިއްޔާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ދިވެހި ހައްޖު މިޝަންގެ ބޭފުޅުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ހައްޖު މިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.
ހައްޖު މިޝަންގައި އިސްލާމިކް މިނިސްޓްރީގެ ހައްޖު ސެކްޝަންގެ ބޭފުޅުންނާއި، ހައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ އިލްމުވެރިންނާއި، ޑޮކްޓަރަކާއި، މިނިސްޓްރީގެ މީޑިއާގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާގެ ބޭފުޅެއް ހިމެނެ އެވެ.
ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް 1،000 މީހުން ދާނެ އެވެ.




