ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މުލީގައި މިއަދު ހުޅުއްވައިދެއްވައިފި އެވެ.
އެ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވާއިރު މިދިޔަ އެޕްރީލް މަހު އެ އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.
މުލި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ.
މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377ރ. އެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999ރ. އަށް ވަނީ ޓިކެޓް ވިއްކައިފަ އެވެ.




