އޭދަފުށްޓާއި ދަރަވަންދޫގައި އަައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި

ބ. އަތޮޅުގެ ދެ ރަށެއްގައި އަައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

މި ހިދުމަތް މިއަދު ދޭން ފެށީ ބ. އޭދަފުށްޓާއި ބ. ދަރަވަންދޫ ގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުންވެސް އަައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމުތައް ކަމަށްވާ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި އިނގިރޭސިވިލާތުގައިވެސް އެ ހިދުމަތް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އައިޑީކާޑުގެ ހިދުމަތް މިހާރު ވަނީ މެލޭޝިއާގައި ދޭން ފަށާފަ އެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ގއ. ވިލިނގިލީގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *