ކަރަންޓް ކޭބަލްތައް ބުރިކޮށް ވަގަށް ގެންދަނިކޮށް މިލަންދޫ ސަމީމް ހައްޔަރުކޮށްފި

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މައްސަލައެއް ގައި މީހަކު ހައްޔަރު ކޮށްފި އެވެ:

އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައި ވެއެވެ.

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ވަގަށް ނެގުން ވަނީ އާންމު ކަމަށް ވެފައެވެ. މިއީ މީހާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ ނުރައްކާތެރި ވެސް ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *