25-05-25ގައި 59 ކައިވެނި

މިއަދަކީ މިއަހަރުގެ އެންމެ ރީތި ތާރީހްތަކުގެ ގޮތުގައި ބަލައި އެއް ދުވަހެވެ. މިފަދަ ރީތި ތާރީހްތަކުގައި ކައިވެނި ކުރަން ބޭނުންވާ މީހުން ގިނަ ކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ.

މިއަދުގެ ރީތި ތާރީހް ކަމަށްވާ 25-05-25 ގައި 59 ކައިވެނި ކޮށްދިނުމަށް ފެމިލީ ކޯޓުން ނިންމާފައިވާ ކަމަށް އެ ކޯޓުން މިހާރު ވަނީ ހާމަކޮށްފަ އެވެ.

ސަރުކާރުގެ ރަސްމީ ގަޑީގައި މިއަދު އެކަނި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ ހަމައެކަނި ފެމިލީ ކޯޓުން ކޮށްދޭ ކައިވެނިތަކެވެ.

ކައިވެނި ކުރުމަށް ގިނަ ބަޔަކު ކޯޓަށް ހާޒިރުވާ ގޮތަށް ހަމަޖެހިފައިވާތީ އާއި ކޯޓަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ ފެމިލީ ކޯޓު ހިންގާ އިމާރާތުގެ ބޭރުގައި މިއަދު ވަނީ އެ ތަނަށް ދާ މީހުން މަޑުކޮށްލައިގެން ތިބުމަށް ޓެންޓްތަކެއްވެސް ޖަހާފަ އެވެ. އަދި އިށީދެވޭ ގޮތަށް ގޮނޑިވެސް އަތުރާފައިވެ އެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެންމެ ރީތި ތާރީހް ކަމަށްވާ 24-12-24 ގައި މާލޭގައި 52 ކައިވެނި ކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *