އާމްދަނީ 5.6 އިންސައްތަ އިތުރުވެ، 14.9 ބިލިއަން ރުފިޔާއަށް އަރައިފި

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ އިތުރުވެ ލިބުނު އާމްދަނީ 14.9 ބިލިއަން ރުފިޔާ އަރައިފި އެވެ.

މިއީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 37.3 އިންސައްތަ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ.

މި އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 28 އިންސައްތަ އެވެ.

ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. ދައުލަތުގެ ރިކަރަންޓް ހަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު ކެޕިޓަލް ހަރަދު ވަނީ 64.2 އިންސައްތަ އިން ދަށްވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *