އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ހުޅުވާލައިފި

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަޒްހަރު ޔުނިވަސިޓީގައި ދެ ދާއިރާއަކުން މަތީ ތައުލީމު ހާސިލްކުރުމަށް 22 ފުރުސަތު ހުޅުވާލާފަ އެވެ.

އެއީ މިސްރުގައި ބެޗެލާސް އޮފް ޝަރީއާ ކިޔެވުމަށް ފަސް ފުރުސަތު އަދި ބެޗެލާސް އޮފް ސައިންޓިފިކް / ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 12:00 އަށް "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަހާދާ ސާނަވިއްޔާއިން ފާސްވެފައިވުމާއެކު، އަޕްލޯޑް ކުރެވިފައިވާ ޔުނިވަސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެ ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އަދި ސަރުކާރުން ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި ކުރިމަތިލާ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވެސް ވާންޖެހެ އެވެ. އަދި ކުރިމަތިލާ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް ވެގެންވެސް ނުވެ އެވެ.

މީގެއިތުރުން ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އަދި ސްކޯލަޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެހެން ސްކޯލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޯލަޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *