ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަހަރުވެސް ހައްޖަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސައުދީއަށް ވަޑައިގަންނަވަނީ ދިވެހިންނަށް ލިބިފައިވާ ކޯޓާގައި ނޫން ކަމަށެވެ. މިއީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާފައިވާ ހާއްސަ ދައުވަތަކަށް ހައްޖަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

"ވަކިން ފްލައިޓެއްވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި އެނގޭތޯ. ދެން އެއީވެސް ސަރުކާރުން އެއްވެސް ހާރަދެއް ކުރަންޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓަރަށް އެއްވެސް ހަރަދެއް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހައްޖަށް ގުޅޭ ވާހަކަތައްވެސް ދޮގު ހަދައިގެން ބައެއް މީހުން ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ.

"މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *