ޝެެއިހް ފަރީދުގެ މައްޗަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކަށު ނަމާދުކޮށްފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު މައްޗަށް ރާއްޖޭގައި ގައިބުގައި ކަށު ނަމާދު ބާއްވައިފިއެވެ.

މިދިޔަ ހޯމަދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ.

ޝެއިހް ފަރީދުގެ މައްޗަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ ކަށު ނަމާދުކޮށްފައެވެ. އެގޮތުން މިއަދުގެ ހުކުރު ނަމާދަށްފަހު ހުކުރު ކުރި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކަށު ނަމާދު އޮތެވެ.

ޝެއިހް ފަރީދުގެ ޖަނާޒާ ބުދަ ވަނީ މެލޭޝިޔާގައި ބާއްވާފައެވެ. މި ޖަނާޒާގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *