ކޮލަމާފުށްޓަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކުރީ ގއ. ވކޮލަމާފުށި، ދޮންވެލި، ޝިފާއުﷲ ސައީދު (44 އ) އެވެ.

ފުލުހުން ބުނީ ކޮލަމާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހު ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އާރްޓީއެލް ފެރީގައި އެ ރަށަށް ދިޔަ ޝިފާއުﷲ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނުނު ކަމަށެވެ.

ޝިފާއުﷲ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި އޭނާގެ ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެންގޮސް އަނިޔާވި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިމައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *