ހޫތީންގެ ހަމަލާތަކާއި އެކު އިސްރާއީލް ވައިގެ ސަރަހައްދު ބަންދު ކޮށްފި

ހޫތީންގެ މިސައިލް ހަމަލާއަކާއި ގުޅިގެން އިސްރާއީލުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

އަލްޖަޒީރާ އަރަބިކްއިން ރިޕޯޓުކުރާގޮތުގައި ހޫތީން މިރޭ އިސްރާއީލަށް ފޮނުވާލި މިސައިލް ހަމަލާތަކަކާއި ގުޅިގެން އިސްރާއީލުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި އެވެ. މިކަން އިސްރާއީލުގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.

ޣައްޒާގެ ހަބަަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން މިރޭ ރިޕޯޓުކުރި ގޮތުގައި ހޫތީން ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލާފައި އެވެ. އަދި މި މިސައިލާއިއެކު އިސްރާއީލުގެ ތެލް އަވީވް އާއި ހިފާފައިވާ ގުދުސްއާއި ހުޅަނގު އައްސޭރީގައި ވައިގެ ހަމަލާގެ ސައިރަންތައް އެކްޓިވޭޓް ވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައި އެވެ. ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ޔަމަނުން މިސައިލެއް ފޮނުވާލުމާ ގުޅިގެން އެތިން ސަރަހައްދުގެ އެކި ތަންތަނުން ބާރު ގަދަ ގޮވުންތަކެއްގެ އަޑުތައް ދަނީ އިވެމުންނެވެ. ބެލެވޭ ގޮތުގައި އެ އަޑުތަކަކީ ހަމަލާތައް ހުއްޓުވުމަށް އިސްރާއީލުން އިންޓަސެޕްޓާރ މިސައިލްތަކެއް ގޮވި އަޑުތަކެވެ. ނަމަވެސް އަދި މިހާތަނަށް ހޫތީންގެ މިސައިލް ހުއްޓުވުނުކަމެއް ރިޕޯޓުކޮށްފައި ނުވެއެވެ.

ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާއިން ދާދި ދެންމެ އަކު ބުނީ ޔަމަނުން އިސްރާއީލުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ދެނެގަނެވިފައިވާ ކަމަށާއި، ކުރިމަތިވެދާނެ ނުރައްކާ ހުއްޓުވުމަށް ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ޔަމަނުގެ ހޫތީ ޖަމާއަތުން ދަނީ ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް އިސްރާއީލަށް ހުއްޓުމެއްނެތި ސިލްސިލާ ހަމަލާތައް ދެމުންނެވެ. ވަކީން ޚާއްސަކޮށް ރަތް ކަނޑުން ހުރަސްކުރާ އިސްރާއީލުގެ ވިޔަފާރިވެރި ބޯޓުތަކަށް ވަރުގަދަ ހަމަލާތަކެއް ހޫތީން ވަނީ ދީފައި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *