ފަތުރުވެރިކަމުގެ ބެޑްނައިޓްސް ދަށަށް

ރާއްޖެއަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ބެޑްނައިޓްސް — ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ އާންމުކުރި ޖޫން މަހުގެ އިމޮކޮމިކް އަޕްޑޭޓްގައިވާ ގޮތުން މޭ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ޕަސެންޓް އިތުރުވި ނަމަވެސް ޖުމްލަ ބެޑްނައިޓްސް ވަނީ އެއް ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން އެވަރެޖްކޮށް ރާއްޖޭގައި 7.7 ދުވަސް ހޭދަކުރި ނަމަވެސް މިހާރު ހޭދަކުރަނީ 6.8 ދުވަސް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިކޮނޮމިކް އަޕްޑޭޓް ރިޕޯޓަށް ބަލާއިރު މި އަހަރުގެ މޭ މަހު ރިސޯޓުތަކުގެ ބެޑްނައިޓްސް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް މި މުއްދަތުގައި ވަނީ އިތުރުވެފަ އެވެ.

ރިސޯޓުތަކުގެ ބެޑްނައިޓްސް މިއަހަރުގެ މޭ މަހު ފަސް ޕަސެންޓް ދަށަށް ދިޔައިރު ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ 37 ޕަސެންޓް އިތުރުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *