ރާއްޖޭގެ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދައިފި

ރާއްޖެއިން ގެންދިޔަ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދައިފި އެވެ.

މަސްދަޅު އުފެއްދީ ޗައިނާގެ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުން އެ ގައުމުގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެންނެވެ.

ޗައިނާގެ އުފެއްދި މީގެ ފުރަތަމަ ބެޗުގެ މަސްދަޅުތަކެއް މިހާރު ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލު ނަޖީބަށްވެސް ހަދިޔާކޮށްފަ އެވެ.

ޗައިނާގެ މި އުފެއްދުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމު ވިދާޅުވީ ޗައިނާގެ މި އުފެއްދުމަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)ގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޝިޔާމު ވިދާޅުވީ ޗައިނާ އިން ރާއްޖެއިން މަސް ގެންގޮސްގެން މަސްދަޅު އުފައްދާފައިވަނީ އެފްޓީއޭގެ ދަށުން ރާއްޖެ އިން ޗައިނާ އަށް ބޭރުކުރާ މަހުން ޑިއުޓީވެސް ނެގުން ހުއްޓާލާފައި ވަނިކޮށް ކަމަށެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *