ރަސްމީ ރިޒާވް ދަށަށް، އެކަމަކު ޔޫޒަބަލް ރިޒާވް މައްޗަށް

ރާއްޖޭގެ ރަސްމީ ރިޒާވް ދަށަށް ދިޔަ ނަމަވެސް ޔޫޒަބަލް ރިޒާވް [ބޭނުންކުރެވޭ ރިޒާވް] މި އަހަރުގެ މޭ މަސް ނިމުނުއިރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 856.3 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މޭ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 815.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 40.5 މިލިއަން ޑޮލަރު މަދުވުމެކެވެ.

ރަސްމީ ރިޒާވް ދަށަށް ދިޔަ ނަމަވެސް ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވް އެޕްރީލް މަހާ އަޅާބަލާއިރު މޭ މަސް ނިމުނުއިރު އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ގޮތުން އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 171.3 މިލިއަން ޑޮލަރެވެ.

ބޭނުންކުރެވޭ ރިޒާވްގައި މި އަހަރުގެ މޭ މަސް ނިމުނުއިރު ހުރީ 217.8 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *