3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.

މީގެ ތެރޭގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 920 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ އޮކްޓޫބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 55 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މީގެ އިތުރުން މި އަހަރުގެ ޑިސެމްބަރުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 60 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ޖޫން 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 2.8 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނެ އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *