ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ އެންސިސް ކުންފުނީގެ ގުދަނެއްގައެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައި މިރޭ 6:48 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއްވެސް އަދި އެނގިފައެއް ނުވެ އެވެ.
ގުދަން ހުރި ސަރަހައްދުގައި ދުން ބޯވެ، ފެތުރެމުންދާތީ އެ ސަރަހައްދަށް ނުދިއުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.




