ގދ. ގައްދޫން އިން ފުރައިގެން އެ ރަށުގެ ކައިރީގައި އޮންނަ ގަމަށް ޑިންގީއެއްގައި ދަތުރުކުރި ދިވެހި ފިރިހެނަކު ގެއްލިއްޖެ އެވެ.
ގެއްލިގެން ހޯދަނީ އުމުރުން 75 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫ އިން ފުރި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ.
އެމީހާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ގެއްލުނު މީހާ ހޯދުމުގެ ސިފައިން ދަނީ ކުރަމުންނެވެ. އެގޮތުން ކަނޑާއި، ގަމާއި، އެ ސަރަހައްދުގެ ފަޅު ރަށްތައްވެސް ދަނީ ބަލަމުންނެވެ.




