ގދ. ގައްދޫން އިން ފުރައިގެން އެ ރަށުގެ ކައިރީގައި އޮންނަ ގަމަށް ދިއުމަށް ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު މީހާ ހޯދުމުގެ ގޮތުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަނީ ގައްދޫއަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު އެވެ.
ޒަކަރިއްޔާ ހޯދުމުގެ ގޮތުން އެމްއެންޑީއެފް އިން ގެންދަނީ ކަނޑުމަގުންނާއި ވައިގެމަގުން ހަރަކާތްތެރިވަމުންނެވެ.
މި އޮޕަރޭޝަނަށް ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުންވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެކަމަކު އަދި ޒަކަރިއްޔާ ފެނިފައި ނުވާ ކަމަށް ބުންޏެވެ.
ޒަކަރިއްޔާ އެންމެ ފަހުން ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށްވެ އެވެ.




