އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ފަށައިފި

މާލޭގައި ބޭނުން ނުކުރެވޭ ހާލަތަށް ހަލާކުވެފައި ހުރި "އޯކިޑް ޕްލާޒާ" އިމާރާތް ތަޅާލުމުގެ މަސައްކަތް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ފަށައިފި އެވެ.

އޯކިޑް ޕްލާޒާ އިމާރާތަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި — އެމްއެންއެސްއެލް އިން އިމާރާތްކޮށް މީހުން ދިރިއުޅެން ކުއްޔަށް ދޭން ހެދި ތަނެކެވެ. އެކަމަކު އެތަން ބޭނުން ނުކުރެވޭ ހާލަތަށް ހަލާކުވުމާ ގުޅިގެން އިމާރާތް ހުސްކޮށް ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

އިމާރާތް ހުސްކޮށް ހުންނާތީ މިފަހުން އެތަން ބޭނުންކުރަމުން ދިޔައީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނީ ‏އާންމުންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ފެންނާތީ ބުރުޒު މަގުގައި ހުންނަ އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *