ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖުމްލަ 14 ކެޓަގަރީއަކުން އިނާމު ދިނުމަށް އެމްއެމްސީ އިން ވަނީ ނިންމާފަ އެވެ.

ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

އިނާމު ދޭ ކެޓަގަރީތައް
ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
އުއްމީދީ ނޫސްވެރިޔާގެ އިނާމު
ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
ޑޮކިއުމަންޓްރީގެ ދާއިރާ
ފީޗާ ރިޕޯޓުގެ ދާއިރާ
ސިޔާސީ ދާއިރާ
އިޖުތިމާއީ ދާއިރާ
ކުޅިވަރުގެ ދާއިރާ
އެމްއެމްސީގެ އެވޯޑަށް މި ފަހަރު އޮންލައިންކޮށް ކުރިމަތިލާއިރު ނޫސްވެރިޔާ މިދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި ،މަސައްކަތް ކުރިކަން އެނގޭ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ.

އެމްއެމްސީން ގެންދަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *