ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

ގދ. ގައްދޫން އިން ފުރައިގެން އެ ރަށް ކައިރީގައި އޮންނަ ގދ. ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު (79އ) ގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ ގދ. ގަމުގެ ދެކުނު ފަރާތު އަރިމަތީގައި އޮއްވާ މިއަދު 11:43 ހާއިރު އެވެ.

ޒަކަރިއްޔާ ގެއްލުނީ މިމަހުގެ 10 ވަނަ ދުވަހު ހެނދުނު ޑިންގީއެއްގައި ގދ. ގައްދޫ އިން ފުރައިގެން ގދ. ގަމަށް ދަތުރުކުރަނިކޮށެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާ ދަތުރުކުރި ޑިންގީ އިއްޔެ ފެނުނީ ގައްދޫ އާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *